Close

މިސްކިތްތައް ހަދާ ކުންފުނިތަކަށް ނުދީ ހުރި 22މިލިއަން ރުފިޔާ ހަމަޖައްސައިދީފި!

ރައީސް ޑރ މުޙައްމަދު މުއިއްޒު

މިސްކިތްތައް ހަދާ ކުންފުނުތަކަށް ސަރުކާރުން ނުދީ ހުރި 22 މިލިއަން ރުފިޔާ ހަމަޖައްސައިދީފިއެވެ.

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރި 20 ކުންފުންޏަކަށް ދައްކަންޖެހޭ 22 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

އަދި އެ ވުޒާރާއިން ބުނީ އަމާޒަކީ ވީ އެންމެ އަވަހަކަށް ހުރިހާ ކުންފުނި ތަކުގެ ބިލްތަކަށް ފައިސާ ދިނުން ކަމަށެވެ. ހަމަމިއާއި އެކު ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫޢުތައް އަވަހަށް ނިންމުން ކަމަށްވެސް އެ ވުޒާރާ އިން ބުނެފައިވެއެވެ.

ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވަނީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް 15 މިލިއަން ރުފިޔާ ހަމަޖައްސަވާފައެވެ. މިއީ އެކަމަށް ކަނޑައެޅި ބަޖެޓުގެ ތިން ގުނަ ބޮޑު އަދަދެކެވެ.

މިސްކިތް ތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު މިހާތަނަށް ވުރެ ތިން ގުނަ އިތުރު ކުރުމަކީ ރައީސް ޑރ މުޢިއްޒުގެ ހަފްތާ 14 ގެ މަގު ޗާޓުގައި ހިމަނުއްވާފައިވާކަމެކެވެ.

މީގެ އިތުރުންވެސް މެދު ނުކެނޑި މިސްކިތް ތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ހަފްތާ 14 ގައި ހިމަނުއްވާފައިވާ ކަމެކެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top