Close

މުސާރައަށް އިތުރުކުރާ ބައި ހަދިޔާކުރުމަށް ނައިބުރައީސްވެސް ތާއީދު!

ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް. ފޮޓޯ: ރައީސް އޮފީސް

ރައީސް އާއި ނައިބުރައީސްގެ މުސާރައަަށް އިތުރުކުރާ ބައި ހަދިޔާ ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ހާމަކުރައްވައިފިއެވެ.

އެކަން ހާމަކުރައްވައި ފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.

ޓްވީޓެއްގައި ނައިބްރައީސް ހުސެއިން ވިދާޅުވެފައިވަނީ ރައީސް،ނާއިބު ރައީސް،ވަޒީރުންގެ މުސާރައަށް މި ގެނައި ބަދަލަކީ އެއްވެސް މަޝްވަރާއަކާ ނުލާ ގެނެވުނު ބަދަލަކަށް ވީހިނދު، އެ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެހިޔާ ފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާޢީދު ކުރަައްވާ ކަމަށެވެ.

މަޖިލީހުން ރައީސް އާއި ނައިބުރައީސް އަދި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ހިމެނޭހެން މުސާރަ ބޮޑު ކުރުމަށް ކުރެވެން ފެށި މަޝްވަރާ ތަކާއި އެކު ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ މިކަމަކީ ސަރުކާރުން އެދޭ ކަމެއް ނޫން ކަމަށެވެ.

“ރައީސް، ނައިބުރައީސް ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައެއް ނުވާނެ، އަދި ބޮޑު ކުރާކަށް ބޭނުމެއްވެސް ނޫން” ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެއްެވެސް މަޝްވަރާ އަކާއި ނުލައި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަށް ހަދިޔާކުރަން އެމަނިކުފާނު ނިންމަވައިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުން ފާހަގަ ކޮށްލެވޭ ގިނަ ބަޔަކު ދަނީ މިކަމާއި ގުޅިގެން ފާޑު ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top