ނައިބުރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރައްވައި އެވުޒާރާގެ އިސްވެެރިންނާއި ބައްދަލުކުރައްވައިފިއެވެ. މިއީ ސަރުކާރުގެ ވުޒާރާއަކަށް ނައިބް ރައީސް ކުރެއްވި މިއީ ފުރަތަމަ ޒިޔާރަތެވެ.
ނައިބު ރަައީސް ޙުސައިން ވަނީ އިސްލާމީ ވުޒާރާގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކުރައްވާ މުވައްޒަފުންނަށް ވަނީ ހިތްވަރުދެއްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. މިބައްދަލުވުމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވޭތުވެދިޔަ ހަތަރު ހަފްތާގައި އެ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ކުރު ތަފްސީލެއް ދެއްވައިފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލިބިލައްވާ އެއްބާރުލުން ފާހަގަކުރައްވާ ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.ނައިބުރައީސް ޙުސައިން ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސިޔާސީ ބޭފުޅުންނާއިވެސް ވަކިން ބައްދަލުކުރައްވައިފައެވެ. އަދި ތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައްލަވައިލައްވައިފައެވެ.






