Close

މިއަންނަ އަހަރު ހުރިހާ ދުވަހެއްގައިވެސް ކައިވެނި ކޮށްދޭނެ!

އާއިލާއާއި ބެހޭ ކޯޓް. ފޮޓޯ: މިހާރު

މިފެށޭ 2024 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނި ކޮށްދިނުމަށް އާއިލާއާއި ބެހޭ ކޯޓުން ނިންމައިފިއެވެ.

އެކަން އެނގޭހެން އެކޯޓުން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު ހުރިހާ ދުވަހެއްގައިވެސް އެކޯޓުން ކައިވެނި ކޮށްދޭން ނިންމައިފައިވާ ކަމަށެވެ.

އަދި އެކޯޓުން ވަނީ ކައިވެނި ކޮށްދޭނެ ގަޑިތައްވެސް ވަނީ ހާމަކޮށްފައެެވެ.

އެގޮތުން ރަސްމީ ދުވަސްތަކުގައި ކޯޓުގައި ހެނދުނު 9:00 ން 11:30 އަށް ކައިވެނި ކޮށްދޭނެ ކަމަށެވެ. އަދި މެންދުރު 13:00 ން 13:30 އަށް ވެސް ކައިވެނި ކޮށްދޭނެ ކަމަށެވެ. މީގެއިތުރުން މެންދުރުފަހު 15:00 ން 21:00 އަށްވެސް ކައިވެނި ކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނެ ކަމަށް ބުނެފައިވަނީ ހަފްތާގެ ކޮންމެ ދުވަހެއްގެ 15:00 ން 21:00 އަށެވެ.

މީގެ އިތުރުން ރިސޯޓް ނުވަތަ ސަފާރީ ފަދަ ތަންތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށައެޅުމުން، ވަގުތައް ރިޢާޔަތް ކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތިުރުން 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ފަހުން އިޢްލާނު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަހަރުގެ ބައެއް ދުވަސް ދުވަހު ކައިވެނި ނުކޮށްދޭން އާއިލާ އާއި ބެހޭ ކޯޓުން ވަނީ ނިންމައިފައެވެ. މިއަހަރާއި ޚިލާފަށް މިފެށޭ އަހަރުގެ ހުރިހާ ދުވަހެއްގަައި ކައިވެނި ކޮށްދޭން އެކޯޓުން މިވަނީ ނިންމަފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top