Close

އައްޑޫ މަރަދޫ ޒުވާނަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީގެ މަރަދޫ ޒުވާނަކު ގެއްލިގެން ހޯދަމުންއަންނާތީ، އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދިއްޖެއެެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން މޫދަށް ފޭބި ތިން މީހުންކުރެ، އުމުރުން 18 އަހަރުގެ ސ.މަރަދޫ ކުރެދުމާގޭ، މުޙައްމަދު ނައީޝްއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ރޭ 22:10 ހާއިރުކަމަށް އެތަނުން ބުންޏެވެ. އަދި ރިޕޯޓު ލިބުނު ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

''މި މީހާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.'' އެމްއެންޑީއެފުން ބުންޏެވެ.

އެ އިދާރާއިން ވަނީ މި ޒުވާނާ ހޯދުމުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެދިފައެވެ.

މި ޒުވަނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްމަށް ވެސް އެތަނުން އެދިފަވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top