Close

މިފަހަރު ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ކުރާނީ ޒުވާން އިމާމުން: މިނިސްޓަރ ޝަހީމް

ވަޒީރު ޝަހީމް ހާފިޡުންނައި އެކު ބޭއްވެވި ބައްދަލުވުން. ފޮޓޯ: އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާ

މިފަހަރު ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ކުރާނީ ޒުވާން އިމާމުން ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްެޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ ރާއްޖެގެ ޒުވާން ޙާފިޡުންނާއި އެކު ބޭއްވެވި ބައްދަލުވުމަށްފަހުގައެވެ.

ވަޒީރު ވިދާޅުވެފައިވަނީ ކީރިތި ޤުރުއާން ހިތު ދަސް ޒުވާން ދިވެހި ހާފިޒުންނާ ބައްދަލުވެވުމަކީ ނުހަނު އުފާވިކަމެއް ކަމަށެވެ. އަދި އިންޝާ ﷲ މި ފަހަރު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތާއި ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ތަރާވީސް ކުރާނީ ދިވެހި ޒުވާން ހާފިޡުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހާފިޡުންނާއި އެކު ބޭއްވުނު ބައްދަލު ވުމުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ އަދު މި ބައްދަލުވުމުގައި ރޯދަ މަހުގެ ކުރިން އިތުރު ގިނަ ހާފިޡުންނާއިއެކު، އިތުރު ބައްދަލުވުމެއް ބޭއްވުމަށްް އެއްބަސް ވެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ތަރާވީޙް ކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށާއި ހާފިޒުންގެ އެސޯސިއޭޝަނެއް އުފެއްދުމަށް އެއްބަސް ވެވުނު ކަަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރޯދަ މަހުގެ ކުރިން ޤުރުއާން މުރާޖިއާ ކުލާހެއް ފެށުމަށް އެއްބަސް ވެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަމިއާއި އެކު ބައްދަލުވުމުގައި ބައިވެރިވި ކޮންމެ ޙާފިޡަކަށް ފިޤުހުއްސުނާގެ ނަމާދާ ބެހޭ ބައިގެ 3 ފޮތް ވަނީ ކޮންމެ ކުއްޖަކަށް ހަދިޔާކޮށްފައި ކަމަށްވެސް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top