Close

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ރައީސް ޑރ މުޙައްމަދު މުޢިއްޒު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްކަމަށް ދަފްތަރު. ނަންބަރު ރސ 5852 އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޢައްޔަންކުރައްވެވީ މިއަދުއެވެ.

ޢަލީ ޝުޖާޢަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި އަދި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ޢަލީ ޝުޖާޢު ހޭދަކުރައްވާފައި ވެއެވެ.

ޢަލީ ޝުޖާޢު އަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޢަލީ ޝުޖާޢު އަކީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވަރޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top