Close

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަ ކުރަނީ

ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމާރާތް ކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަ ކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހޮޓެލް ޖެންގައި ބޭއްވި ބިލްޑާ އެވޯޑްސް ހަފުލާގައި ރައީސް ވިދާޅުވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި އެއް ނިންމެވުމަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުން ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކަށް ބަހާލެވިގެން، އެ ދާއިރާތައް ކަނޑައަޅަން ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއް ކަނޑައަޅާފައިވާ ކަން ރައީސް އިއުލާން ކުރެއްވެވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ތިން ދާއިރާއަކީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާއެވެ.

"މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

އިމާރާތްކުރުމަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޓުން ފަދަ ވަޒީފާތަކަކީ ވެސް ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވާނެ ކަމަށެވެ. މި ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top