Close

ކުރިން ޤުރުއާނާއި ބެހޭ މަރުކަޒު ހިންގި ތަން އިސްރަށްވެހިންގެ މަރުކަޒަކަަށް ހަދަނީ!

ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް

ކުރިން ޤުރުއާނާއި ބެހޭ މަރުކަޒު ހިންގި ތަން އިސްރަށްވެހިންގެ މަރުކަޒެއް ހަދަން ނިންމައިފިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު މި ނިންމެވުން ނިންމެވީ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.

ރައީސް ޑރ މުޢިއްޒު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ޤާއިމުކުރައްވަނީ މުޖުތަމަޢުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.

އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ ބޭނުމެކެވެ.އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު މިހާރި ވަނީ ނިންމަވައިފައެވެ.

އަދި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ އަދި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްތައް ދިނުމުގެ މަސައްކަތް ފެށުމަށް ވެސް އިއްޔެ ނިންމަވާފައިވެއެވެ.ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމަނާފައިވާ ކަމެއްވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top