Close

އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސުކޫތުގައި ރައީސް މުއިއްޒު އާއި މިނިސްޓަރުން ބައިވެރިވެވަޑަގެންފި

ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސުކޫތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ މެމްބަރުން ބައިވެރިވެވަޑައިގަތުން. ފޮޓޯ:ރައީސް އޮފީސް

ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސުކޫތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ މެމްބަރުން ބައިވެރިވެވަޑައިގެންފިއެވެ.

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނިކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ ދެކުނުން، ކުރީ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ.

އެސަރަޙައްދުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވިއެވެ. އަދި މާލެ ސަރަޙައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވިއެވެ.

ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނައިރު މި ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިއަަހަރުގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ދިވެހި ބަހާއި ޘަޤާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top