Close

ރައީސް މުއިއްޒު ކުންފުންޏާއި ބެހޭ ބިލް ތަސްދީޤްކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

މި މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުންފުންޏާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ރައީސް ޑރ މުއިއްޒު މި ބިލް ތަސްދީގުކުރެއްވުމުން ގާނޫނަކަށް ބަދަލުވި އެ ބިލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެންނެވެ.

އެ ޤާނޫނުގައި ރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި އުވާލުމުގެ ހަމަތަކާއި ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ހިމަނާފައިވެއެވެ.

އެ ޤާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަހްސެއްގެ ގޮތުގައި ކުންފުނި އުފައްދައި ކުންފުނި ރަޖިސްޓްރީ ކުރުމާއި ކުންފުނި ހިންގުމާއި އުވާލުމުގެ ހަމަތަކާއި އެކަމުގެ އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top