Close

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އެފްޑީސީ އާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި!

އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާ ކުރުމާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓާއި ޓެކްނިކަލް ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމާއި އިމާރާތްކުރުމުގެ އޮނިގަނޑެއް ޤާއިމްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕްރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވާ ކަންތައްތަކަކީ:

1. މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުން

2. ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަންދިނުން

3. ޕްރޮޖެކްޓްތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދިނުން

4. މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާކޮށްދިނުން

5. މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިމާރާތްކުރުން

6. ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top