Close

މާލެއަށް ވިއްސާރަވެ ގެއްލުންވި ގޭގެއަށް ރައީސް މުޢިއްޒު ޒިޔާރަތް ކުރައްވައިފި!

ރައީސް ޑރ މުއިއްޒާއި ސަރުކާރުގެ ބައެއް ވެރިން ވިއްސާެރަވެގެން ގެއްލުންވި ގެއަކަށް ޒިޔާރަތް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

އިއްޔެއާއި އޭގެ ކުރީ ރޭ މާލެއަށް ކުރި ވިއްސާރާގައި ގެއްލުންވި ބައެއް ގޭގެއަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ޒިޔާރަަތްކުރައްވައިފިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ މާލޭގެ ހަތަރު އަވަށުގެ އެކި ގޭގެއަށް ވަޑައިގެން، އެގެތަކަށް ފެންވަދެ ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައި އެގެތަކުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކުރައްވައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ރައީސް ޑރ މުޢިއްޒުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންވެސް ވަނީ ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ.މި ޒިޔާރަތް ތަކުގެ ތެރެއިންމީޑިޔާއަށް މަޢޫލޫމާތު ދެއްވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ ސަރުކާރުން ވިސްނާފައި ވަނީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކަމަށާއި އެމަސައްކަތް ކުރާއިރު އަޑީގައި މިހާރަށްވުރެ ވަރުގަދަ ސްޓޯމްވީޓަރ ނިޒާމެއް ޤާއިމުކޮށް މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް ގެނައުން ކަމުގައެވެ.

މީގެ އިތުރުން މުޅި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރައްވައި ކުރިޔަށް އޮތްތަނުގައި މިފަދަ ހާދިސާތަކުގައި މާލެއާ ރާއްޖޭގެ ރަށްތަކުގެ އާންމުންގެ ގެތަކާއި މުދަލާއި ވިޔަފާރިތަކާ އަދި އެނޫންތަންތަނަށް ލިބޭ ގެއްލުންތައް ކުޑަވާނެގޮތަށް ދާއިމީ ޙައްލެއް ލިބޭގޮތަށް ސަރުކާރުން ކަންކަން އިންތިޒާމު ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ފެންހިއްކުމުގެ މަސައްކަތްތަކާއި އަދި ފެނުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިވުމުގައި މާލޭ ސިޓީކައުންސިލާއި ފުލުހުންނާއި ސިފައިން އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ސަރުކާރުގެ އެކި އިދާރާތަކާއި އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަދި މި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންގެ މުދަލާ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި އެފަރާތްތަކަށް އެހީތެރިވުމަށް ރައީސް ޑރ މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top