ފާއިތިުވި 24 ގަޑިއިރު ތެރޭގައި ރިކޯޑް މިންވަރަކަށް ހުޅުލެއަށް ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މީޓޮރޮލޮޖީ އިން ބުނެފިއެެވެ.
މެޓް އޮފީހުން ޢާންމުކޮށްފައިވާ ރިކޯޑް ތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެ، މާލެ އަދި ބ.ގޮއިދޫ އަށެވެ.
މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ރިކޯޑްކޮށްފައިވާ ރިކޯޑްތަކަށް ބަލާއިރު ހުޅުލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ދެ ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު މާލެ 118.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނައިން ވެހުނު ގޮއިދޫ އަށް 105.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ހުޅުލެ، މާލެ އަދި ގޮއިދޫއަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ކ. ދިއްފުށި، މ. މުލި، ގދ. ކާޑެއްދޫ، ކ. ގާފަރު އަދި ހދ. ހަނިމާދޫ އަށެވެ.
މީގެ ތެރެއިން ދިއްފުއްޓަށް 72 މިލިމީޓަރު، މުއްޔަށް 66 މިލިމީޓަރުގެ، ކާޑެއްދޫ އަށް 48 މިލިމީޓަރު، ގާފަރަށް 46.8 އަދި ހަނިމާދޫ އަށް 46.2 މިލިމީޓަރުގެ ވާރޭ ވެހިފަވެއެވެ.
ރާއްޖޭގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގޭގެއަށާއި އެތައް ވިޔަފާރިއަކަށް ވަނީ ގެއްލުން ވެފައެވެ.






