ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓަށް ޚާއްސަ ކުންފުުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މާލީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ކުރެއްވެވި ޓްވީޓެއްގައި މިކަން ވަނީ ހާމަކުރައްވައިފައެވެ.
ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީރައްކާތެރިކަން ކަށަވަރުކުރުމާއި،ވެލިއުއެޑްކުރުމާއި،ޓްރާންޝިޕްމަންޓާއި ރިއެކްސްޕޯޓްވިޔަފާރިއަށްޙާއްސަކޮށް %100ދިވެހިކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދެވުމަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާކަމަށެެވެ.
ރާއްޖޭގެ އިޤްތިޞާދީރައްކާތެރިކަން ކަށަވަރުކުރުމާއި،ވެލިއުއެޑްކުރުމާއި،ޓްރާންޝިޕްމަންޓް/ރިއެކްސްޕޯޓްވިޔަފާރިއަށްޙާއްސަކޮށް %100ދިވެހިކުންފުންޏެއް،މޯލްޑިވްސްއިންޑަސްޓްރިއަލް ޑިވެލޮޕްމަންޓްފްރީޒޯންގެނަމުގައިއުފެއްދެވުމަށް ނިއްމެވި ނިއްމެވުމަށްރައީސް @MMuizzu އަށްމަރުޙަބާދަންނަވަން pic.twitter.com/FGBMOj2BRn
— Mohamed Saeed (@em_saeed) January 1, 2024
ރައީސް ޑރ މުޢިއްޒު އަލަށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏަށް ދީފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏެވެ.
މި ކުންފުނި ހާއްސަ ކުރެވޭ 3 ކަމެއް ވަޒީރު ސައީދު ކުރެއްވި ޓްވީޓުގައި ި ވަނީ ހާމަކޮށްފައެވެ. އެއީ؛
· އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުން
· ވެލިއު އެޑް ކުރުން
· ޓްރާންސްޝިޕްމެންޓް ނުވަތަ ރީއެކްސްޕޯޓް ވިޔަފާރި






