Close

މިހަފްތާ އަދި މިއަންނަ ހަފްތާގެ ތެރޭގައި ގޯތި އަދި ފްލެޓް ތަކުގެ ރެޖިސްޓްރީ ހައްޤުވެރިންނަށް ހަވާލުކުރާނަން: ރައީސް މުއިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މިހަފްތާ އާއި މިއަންނަ ހަފްތާގެ ތެރޭގައި ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ހައްޤުވެރިންނަށް ރެޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ރައީސް ކުރެއްވެވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވެފައިވަނީ ގޯތިި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓް ކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓަރީ ހަދައިދީ ގޯތި އަދި ފްލެޓް ހަވާލުކުރުމަކީ އެމަނިކުފާނު ވަޢުދުފުޅު ވެވަޑައިގެންނެވި ގޮތަށް ކުރިއަށް ދާނެ ކަމެއް ކަމަށެވެ.

“މިހަފްތާއާއި މިއަންނަ ހަފްތާ ތެރޭ ރެޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގެ މިނިސްޓްރީ އިން ކުރިއަށް ގެންދާނެ” ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަންކަމުން އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަންވެސް ފާހަގަ ކުރައްވާ ކަމަށެވެ.

އަދި ގުޅިފަޅާއި ގިރާވަރުފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދޫކުރުމަށް އިޢްލާނު ކުރި ފްލެޓްތަކާއި ގޯތި ތަކުގެ ރެޖިސްޓްރީ ދޫކުރުން އޮތީ އެސަރުކާރުން މަޑުޖައްސަލައިފައެވެ. ރެޖިސްޓްރީ ދޫކުރުން މަޑު ޖައްސާލައިފައިވަނީ އެ ކަންތަކުގައި ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ކަމަށް އޭސީސީއިން ތުހުމަތުތަކެއް ކުރުމާއި ގުޅިގެނެވެ.

ރަޖިސްޓަރ ތައް ދޫކުރުން ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީއިން ވެސް ދަނީ ސަރުކާރަށް ފާޑު ކިޔުންތައް ކުރިމަތިކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top