Close

”ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑަށް މެންބަރުން ހޯދުމަށް އިޢްލާނުކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

”ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑަށް މެންބަރުން ހޯދުމަށް އިޢްލާނުކޮށްފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން މިކަމާއި ގުޅިގެން ކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ މި ބޯޑުގެ މެމްބަރަކަށް ވުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ/ ސިވިލް ސޮސައިޓީ ދާއިރާއިން މިއިން ކޮންމެ ދާއިރާއަކުން ޖުމުލަ 4 ޖާގައެވެ.

މިއިޢުލާނުގައި ބުނެފައިވަނީ މި 4 ޖާގައަށް ފުރުޞަތު ލިބިގެންދާނީ ކޮންމެ ދާއިރާއަކަށް އަންހެން އަދި ފިރިހެން ވަކިން ފުރުޞަތު ލިބޭ ގޮތަށެވެ.

ޒުވާނުންގެ ވުޒާރާއިން ކުރި މި އިޢުލާނުގައިވާ ގޮތުގައި މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވަނީ ދިވެއްސަކަށް ވުމާއި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމުގެ އިތުރުން އެ މީހަކު ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުމެވެ.

ޒުވާނުންގެ ވުޒާރާއިން ކުރި އިޢުލާނުގައި މިވާ ބޯޑަކީ މިދިޔަމަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާނެކަމަށް އިޢުލާނުކުރައްވާފައިވަ ބޯޑެކެވެ.

އެދުވަހު ސަރުކާރުން ބުނެފައިވަނީ އެބޯޑު އެކުލެވިގެންވާނީ 15 މެމްބަރުންގެ މައްޗަށް ކަމަށާއި، ކޮންމެ ތިން މަހުން އެއްމަހު އެ ބޯޑުގެ ޗެއާކަން ކުރައްވާނީ ރައީސްކަމަށެވެ.

"ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒާސް" ބޯޑާއި ގުޅޭގޮތުން ޒުވާނުންގެ ވުޒާރާއިން ކުރި އިއުލާނުގައިވާ ގޮތުން ބޯޑަށް ކުރިމަތިލުމަށް ފުރަން ޖެހެނީ ގޫގުލް ފޯމެކެވެ. އަދި މި ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ 14:00ގެ ކުރިން ކަމުގައި އިޢްލާނުގައި ފާހަގަކުރައްވާފައި ވެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top