Close

ތިން މަސްދުވަސް ތެރޭގައި އައްޑޫ ޕޯޓުން ބަންކަރިންގެ މަސައްކަތް ފެށޭނެ!

އައްޑޫ ސިޓީ ޕޯޓް. ފޮޓޯ: އަވަސް

ތިން މަސްދުވަސް ތެރޭގައި އައްޑޫ ޕޯޓުން ބަންކަރިންގެ މަސައްކަތް ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙު ދައުލަތުގެ މީޑިއާ އަށް ދެއްވެވި ޚާއްސަ އިންޓަރވިއުގައި ވިދާޅުވެފައިވަނީ އައްޑޫ ރީޖަނަލް ޕޯޓާއި، ކުޅުދުއްފުށި ޕޯޓަށް 18 އަހަރު ވެފައިވާއިރު އެތަނަށް އަންނަންޖެހޭ ތަރައްޤީ އެންމެ އެދެވޭ ގޮތުގައި އައިސްފައިނުވާކަމަށެވެ. ނަމަވެސް މިސަރުކާރުގެ ވިސްނުން ހުރީ މި 2 ޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކަމަށެވެ.

ވަޖީޙު ވިދާޅުވީ އައްޑޫ ސަރަހައްދުގެ ރައްޔިތުންނަށް، ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުން ބަންކަރިންގެ ޚިދުމަތް ދޭނެ ކަމުގެ ޔަޤީން ކަން އަރުވާކަމަށެވެ.

ބަންކަރިންގެ ޚިދުމަތް ދޭންފެށުމުން އެޕޯޓަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި ނަތީޖާއަކީ އިތުރު މުވައްޒަފުން ނެގިގެން ދިއުން ކަމަށްވެސް ވަޖީޙު ވިދާޅުވިއެވެ.

އަދި ރައްޔިތުންނަށް ވަޒީފާ ލިބިގެން ދާނެ ކަމަށާއި، އެތަނުގައި ތިބި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނުގެ ރަށް ތަކުގެ ތެރެއިން ލ. ގާދޫގައި ވެސް ބަންކަރިންގެ ހިދުމަތް ދެވޭ ފެންވަރުުގެ ބަނދަރެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top