Close

އިސްލާމް ދީނުގެ ރިސާލަތު ފުޅާ ދާއިރާއެއްގައި ފެތުރުމަށް ޙާއްސަ ކޮށް "ރިސާލަތު" ޕްރޮގްރާމް އިފްތިތާހު ކޮށްފި!

އިސްލާމީ ވުޒާރާގެ ވަޒީރު ޑޜ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރިސާލަތު ޕްރޮގްރަމް އިފްތިތާޙް ކޮ|ށްދެއްވަނީ. ފޮޓޯީ: އިސްލާމީ ވުޒާރާ

އިސްލާމް ދީނުގެ ރިސާލަތު ފުޅާ ދާއިރާއެއްގައި ފެތުރުމަށް ޚާއްސަ ކުރާ "ރިސާލަތު" ޕްރޮގްރާމަ އިފްތިތާޙް ކޮށްފިއެވެ.

"ރިސާލަތު" ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި "ރިސާލަތު" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ރިސާލަތު ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ ހިތްތަކިގައި އިސްލާމް ކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަޤީދާ ވަރުގަދަކުރުމާއިއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުން ކަމަށް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.

މި ޕްރޮގްރާމަކީ އާންމު ގޮތެއްގައި ދިވެހި ހުރިހާ ރައްޔިތުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާއިރު މި ޕްރޮގްރާމްގައި ދަރިވަރުން، ޒުވާނުން، މުދައްރިސުންނާއި ބެލެނިވެރިން އަދި އަންނެހެނުންނާއި އާންމު ހުރިހާ ރައްޔިތިުން ޝާމިލް ވާގޮތައް ހަރަކާތްތައް ހިންގިގެންދާނެއެވެ.

“ރިސާލަތު” އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ވަޒީރު ޑރ ޝަހީމް ވިދާޅުވީ މީޑިއާ ތަކާއި ޖަމިއްޔާތަކުން މި ޕްރޮގްރާމްގެ ދަށުން ހިންގަން ބޭނުންވާ ހަރަކާތްތައް ކަނޑައެޅިފައިވާ ޤަވާއިދުގެ ދަށުން ސްޕޮންސަރ ކޮށްދެއްވާނެ ކަމަށެވެ.

1 އަހަރު ދުވަހަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމް ރާއްޖޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކުރެވިފައިވާ ކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ދީނީ ރިސާލަތު ފެތުރުމަށް ގިނަ ވަސީލަތް ތަކެއް ބޭނުންކޮށް ގިނަ ހަރަކާތް ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމީ ވުޒާރާއިން ވަނީ ބުނެފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top