Close

ވިއްސާރައިގައި ގެއްލުންވި 70 ގެއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ބަހަނީ!

ރައީސް ޑރ މުއިއްޒާއި ސަރުކާރުގެ ބައެއް ވެރިން ވިއްސާެރަވެގެން ގެއްލުންވި ގެއަކަށް ޒިޔާރަތް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ގެއްލުންވި 70 ގެއަކަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ބެހުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި އެއޮތޯރިޓީ އިން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކުގައި ބުނެފައިވަނީ ވިއްސާރައިގައި ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހެދުމަށް 154 ގެއެއް ކަނޑައެޅުނު ކަމަށެވެ.

މީގެތެރެއިން 87 ތަނެއްގެ އެސެސްމަންޓްވަނީ ހަދާފައި ކަމަށާއި، އޭގެތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިކުރާ ތަންތަން ކަމަށެެވެ. 27 ގޭބީސީއަކުން އެސެސްމަންޓް ހަދަން ބޭނުންނުވި ކަމަށާއި، 21 ގޭބީސީއަކަށް އެކި ސަބަބުތަކާއި ހެދި ނުވަދެވުނު ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މީގެއިތުރުން އެސެސްމަންޓުން 34 ގޭބީސީއެއްގެ އިމާރާތައް ގެއްލުންވިކަމަށް ފާހަގަވެފައިވާ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.

އަދި 65 ގޭބިސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށާއި ފައިސާއިން ބަލާނަމަ މިއީ އެއް މިލިއަން ސާޅީސް ހަތަރުހާސް ތިންސަތޭކަ އަށް ރުފިޔާ ކަމަށް އެންޑީއެމްއިން ބުނެއެވެ.

މި ތަންތަނުގެ އެސެސްމަންޓް ހެދުމަށްފަހު 70 ގޭބީސީއަކަށް ސަރުކާރުން އެހީ ދިނުމަށް ނިންމާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެއީ ޖުމްލަ 457،242.60 ރުފިޔާއެވެ.މި ވިއްސާރައިގައި 8 ގެއަކުން 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން އެންޑީއެމްއޭއިން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފުރަތަމަ އިޖާބަދިނުމަށް ނުވަތަ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 179،275 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top