ދިރާގުން އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއަށް ޓީވީ ހަދިޔާކޮށްފިއެވެ.
އިސްލާމީ ވުޒާރާއިން ބުނެފައިވަނީ ހުކުރު ހުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، މަޖިދުލް ސުލްޡާން މުޙައްމަދު ތަކުރުފާނު އަލް އައުޛަމް (އިސްލާމީ މަރުކަޒު)ގެ އެކި ފަންގިފިލާތަކަށް ހުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު އެމިނިސްޓްރީ އަށް 6 ޓީވީ ހަދިޔާކޮށްފި ކަމަށެވެ.
ހުކުރު ހުތުބާގެ ސަބްޓައިޓަލް ފެންނަ ގޮތް ހެދުމަށާއި، މަޖިދުލް ސުލްޡާން މުޙައްމަދު ތަކުރުފާނު އަލް އައުޛަމް (އިސްލާމީ މަރުކަޒު)ގެ އެކި ފަންގިފިލާތަކަށް ހުތުބާ ފެންނާނެ ގޮތް ހެދުމަށް ދިރާގުގެ ހެޔޮ އެދުންތަކާއި އެކު 6 ޓީވީ ހަދިޔާކޮށްފި. pic.twitter.com/f337TfviTC
— Ministry of Islamic Affairs (@MVIaffairs) January 3, 2024
މިކަމާއި ގުޅިގެން ދިރާގުން ބުނެފައިވަނީ ހުކުރު ހުތުބާ ގިނަ ފަރާތްތަކަށް "އެކްސެސިބަލް” ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އުންމީދަކީ މި މުހިންމު ޑިޖިޓަލް “އިނީޝިއޭޓިވް” އަކީ މުޖުތަމަޢުގެ ގިނަ މީހުން ބައިވެރިކުރުމަށް އެޅޭ މުހިން ފިޔަވަޅަކަށްވުން ކަމަށެވެ.
ހުކުރު ޚުޠުބާ ގިނަ ފަރާތްތަކަށް އެކްސެސިބަލްކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި މުހިންމު ޑިޖިޓަލް އިނީޝިއޭޓިވްއަކީ މުޖުތަމަޢުގެ ގިނަ މީހުން ބައިވެރިކުރުމަށް… https://t.co/g9lmcxaiec
— Dhiraagu (@Dhiraagu) January 4, 2024
އިސްލާމީ ވުޒާރާގެ ވަޒީރު ޑރ ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ އިސްލާމީ ރިސާލަތު ފޯރުކޮށްދިނުމުގައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ބޭނުންކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިމެނޭ ކަމެއްކަމަށެވެ.
އިސްލާމީ މަރުކަޒުގެ ފަންގިފިލާތަކުގައި ޓީވީ ބެހެއްޓި ޚަޠީބު ފެންނަ ގޮތައް އިންތިޒާމު ކުރެވި، މިދިޔަ ހުކުރު ދުވަހު ހުތުބާ ކިޔަމުން ދިޔައިރު، އެންމެނަށްވެސް ޚަތީބު ފެންނަގޮތް ވަނީ ހަދައިފައެވެ.






