ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށްލަފާކޮށް ހުދު ސަމާލުިނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިއަދުގެ 14:00ން ފެށިގެން 19:00 އަށް ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށް މޫސުން ގޯސް ވާނެ ކަމަށެވެ.
އެގޮތުން އެވަގުތުގެ ގެ ތެރޭގައި ބޯކޮށްވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
Alert White for heavy rain and thunderstorms. pic.twitter.com/2vyadepNxW
— Maldives Meteorology (@MetMaldives) January 4, 2024
މިދުވަސްވަރު ފާހަގަ ވެފައިވަނީ ވިއްސާރަ ދުވަސްވަރެއްގެ ގޮތުގައެވެ. އެގޮތުން 31 ޑިސެމްބަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރި ވިއްސާރައިގައި ގޭގެއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.






