Close

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙްކޮށްފި!

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙް ކުރުން. ފޮޓޯ: އިސްލާމީ ވުޒާރާ

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙް ކޮށްފިއެވެ.

ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. ސިޓީ ވަޤުފާއި އަތޮޅު ވަޤުފް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ސިޓީ ވަޤުފާއި އަތޮޅު ވަތޮޅު ވަޤުފަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވަޤުފް މަޝްރޫޢުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތަށްޓަކައި އިފްތިތާޙް ކުރި މަޝްރޫޢެކެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި މި މަޝްރޫޢު ހިންގާނެ ގޮތުގެ ތަފްސީލްވެސް ވަނީ ހިއްސާ ކުރެވިގެން ގޮސްފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ، މި ވުޒާރާގެ ދަށުން ކުރެވޭ ކަންކަން ހަޤީޤަތަކަށް ހެދުމަށްޓަކައި، އެހެން ވުޒާރާތަކާއި ގުޅިގެން އަބަދުވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މީގެއިތުރުން މެނިފެސްޓޯގައި ހުރި ކަންކަން ހާސިލް ކުރުމަށްޓައި ވަޒީރު އާދަމް ޝަރީފް ދެއްވާ ލަފާ ބަލައިގަނެ، ބަހައްޓަވާ ގާތްކަން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ވަޒީރު ޑރ. ޝަހީމްގެ އިތުރުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ.

އެމަނިކުފާނު ވަނީ، މިފަދަ ކަންކަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވާ އެމަނިކުފާނަށް ތަޢުރީފް ކުރައްވައިފައެވެ.

މި ފެށިގެންދާ މަޝްރޫޢުއަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top