މާލޭގައި ހިންގާ މާލޭ ޖަލު ބަންދުކޮށްފިއެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ 17 ޖެނުއަރީ 2008 ގައި މާލޭ ބޮޑުތަކުރުފާނުމަގުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޤާއިމް ކުރި މާލޭ ޖަލު ބަންދުކުރުމަށް ނިންމައި 6 ޖެނުއަރީ 2024 އިން ފެށިގެން އެޖަލު ބަންދުކޮށްފި ކަމަށެވެ.
އަދި އެޖަލުގައި ތިބި ގައިދީން އެހެން ޖަލުލުތަކަށް ބަދަލު ކުރެވިފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ ސަރުކާރުން އެޖަލު ބަންދުކުރުމަށް ނިންމީ ޖަލާ ޖެހިގެން ކުރީ ސަރުކާރުން ޢިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖަލު އެތަނުގައި ހުރުމުން އެކަމުގެ ނުރަނގަޅު އަސަރު ކުރަމުން އަންނާތީ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
އަދި ޖަލު ބަންދުކުރި ނަމަވެސް ޢާންމުންނަށް ދެމުންދިޔަ ޚިދްމަތްތައް، 12 ޖެނުއަރީ އާއި ހަމައަށް މާލޭ ޖަލުގެ ކައުންޓަރުން ލިބެމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.






