ރާއްޖޭގެ ކަނޑުގެ ސަރަހއްދުގައި ބޮމުގެ ހަމަލާއެއް ދިން ކަމަށް ބުނާ ވާހަކަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ދޮގުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ބެލިބެލުމުން، ފެތުރެމުންދާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާބެހޭ މަޢުލޫމާތާއި ފޮޓޯކަން ވަނީ ފާހަގަ ކުރެވިފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވޭ.
— Maldives National Defence Force (@MNDF_Official) January 6, 2024
މީގެއިތުރުން މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށްެވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިފަދަ މަޢުލޫމާތެއް، ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށްވެސް އެއިދާރާއިމް ބުނެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި، އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ޚަބަރަކީ ޞައްޙަ މައުލޫމާތެއް ނޫންކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.






