Close

ފަތިސްނަމާދުގެ ޖަމާޢަތަށްފަހު ރައީސް މުއިއްޒު އަމީނީމަގުގެ މަސައްކަތް ބައްލަވަލައްވަފި!

ރައީސް ޑރ މުޙައްމަދު މުޢިއްޒު އަމީނީމަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވަނީ!

ރޭގެ ފަތިސްނަމާދުގެ ޖަމާޢަތަށްފަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު އަމީނީމަގުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެެވެ.

ރައްޔިތުންނާއި ގުޅޭ މަސައްކަތްތައް ވީ އެންމެގާތުން ބައްލަވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވެފައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު މިމަސައްކަތް ރައީސް ޑރ މުއިއްޒު މާލޭގެ މޭޔަރަކަސް ހުންނެވިއިރު މާލޭ ސިޓީ ކައުންސިލްގެ ދަށުން އާރްޑީސީ އާއި ހަވާލުކޮށްގެން ކުރަން ރޭވިއެވެ.

ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބި އެމައްސައްކަތް ސިޓީ ކައުންސިލުން ނުފެށި ވަނިކޮށް ކުރީގެ ސަރުކާރުން ވަނީ ސިޓީ ކައުންސިލްގެ ދަށުން އެމަޝްރޫޢުނަގައި އޭރުގެ ޕްލޭނިންގް މިނިސްޓްރީގެ ދަށަށް އެމަސައްކަތް ފަށައި ވެރިކަން ނިމުމާއި ހަމައަށް އައިރުވެސް އަމީނީމަގުގެ މަސައްކަތް ނިމިފައެއް ނުވެއެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އަމީނީމަގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމަވާނެ ކަމަށްވިދާޅުވެފައެެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަން ފެށުމާއި އެކު ވަނީ އެމަގުގެ މަސައްކަތް ފަށައި ފުރިހަމަ ސްޕީޑްގައި އެމަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އެގޮތުން އާރްޑީސީ އިން ބުނެފައިވަނީ އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އަޕްގްރޭޑް ކުރެވޭ ސްޓޯރމް ވޯޓަރ ޕަމްޕްތަކުގެ އައުޓް ފޯލް ހޮޅި އެޅުމާއި ޑީވޯޓަރިންގ އައުޓް ފޯލް ހޮޅި އެޅުމަށް ބޮޑުތަކުރުފާނުމަގުގެ ތާރު ކަނޑައިގެން ކުރަންޖެހޭ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

މީގެ އިތުރުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން އޭބީސީ ފަށަލައިގެ މަސައްކަތް ނިމި، އެމްސީ-30 (ބިޓުމެން ސްޕްރޭ) ޖެހުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ރޭވަނީ ފެށިފައި ކަމަށްވެސް ވަނީ އާރްޑީސީ އިން ވަނީ ބުނެފައެވެ.

 

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top