ގދ ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާނަމަ 5000 ރުފިޔާގެ ފީއެއް ނެގުމަށް ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން ނެރެފައިވާ އިޢލާނެއްގައިި ބުނެފައިވަނީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ސިޓީގެ އާބާދީ އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން މި އަހަރުން ފެށިގެން ތިނަދޫގެ ރަށް ވެހިކަން ދޫކޮށް އެހެން ރަށް ރަށަށް ރަށްވެހިކަން ބަދަލު ކޮށްދިނުމުގެ އިދާރީ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނަގަން ނިންމައިފައިވާ ކަމަށް އެ އިޢްލާނުގައިވެއެވެ.
މިކަން މިގޮތަށް ނިންމައިފައި ފާސްކޮށްފައިވަނީ، މި މަހުގެ ތިން ވަނަ ދުވަހު ބޭއްވުނު ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގައި ކަން ވެސް އެ އިޢްލާނުގައި ފާހަގަ ކޮށްފައިވެއެވެ.






