Close

ކ.އަތޮޅުން ދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި!

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި. ފޮޓޯ: ސަންގު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ.އަތޮޅުން ދ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓްރޮލޮޖީ އިން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިއަދުގެ ހަވީރު 16:00 އިން ފެށިގެން 20:00 އާއި ހަމައަށް ކ.އަތޮޅުން ދ.އަތޮޅަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.

އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދުގެ 11:30 ން 17:00 އަށް ރ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭނެ ކަމަށް ލަފާކޮށް އެސަރަހައްދަށް ހުދުސަމާލު ނެރެފައިވެއެވެ.

ރޭގެ ވަގުތެއްގައި މެޓް އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top