ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ލ.އަތޮޅަށް ވަޑައިގެންފިއެވެ.
މިދަތުރުފުޅަކީ ލ.އަތޮޅަށާއި ތ.އަތޮޅަށް ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާ ދަތުރުފުޅެކެވެ. ލ.އަތޮޅަށް ކޮމިޝަނަރ އޮފް ޕޮލިސް ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކޮމިޝަނަރ އެދެއަތޮޅަށް ކުރައްވާ މިދަތުރުފުޅަކީ ލ. މާބައިދޫ ޕޮލިސް ޕޯސްޓާއި ތ. ގާދިއްފުށި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްޓަކައި ކުރައްވާ ދަތުރު ފުޅެކެވެ.
އިއްޔެ އިން މިއަދުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެދަރަށުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމުގެ އިތުރުން އެ ދެ އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންނާއި ސިވިލް މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ ލ. އަތޮޅުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުވުކުރައްވާފައެވެ.
މިދަތުރުފުޅުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެލައްވައެވެ.






