މާލޭ މޭޔަރ ހޮވުމަށް ބާއްވާ ބައި އިލެކްޝަން މިއަދު ކުރިއަށްދާ އިރު،، އިންތިޚާބަށް ވޯޓްލާން ނުކުތް މީހުންގެ ޢަދަދު ދަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީ އިން އެންމެ ފަހުން ނެރެފައިވާ އަދާހަމަތަކުގައި ބުނެފައިވަނީ މިއަދުގެ 13:00އާއި ހަމައަށް ވޯޓްލާން ނުކުމެފައިވަނީ 14 އިންސައްތަ މީހުން ކަމަށެވެ.
އެގޮތުން ވޯޓްލާން ޝަރުތު ހަމަވާ މީހުންގެ ތެރެއިން 3346 އަންހެނަކު ވޯޓު ލައިފައިވާއިރު، 4537 ފިރިހެނަކު ވަނީ ވޯޓްލައިފައި ކަމަށް އީސީ އިން ބުނެފައިވެއެވެ.
ޖުމްލަ ވޯޓް ލައިފައިވަނީ 7883 މީހަކު ވަނީ ވޯޓުލައިފައެވެ.
— Elections Commission (@ElectionsMv) January 13, 2024
މާލޭ މޭޔަރު ހޮވުމަށް ބާއްވާ ބައިއިލެކްޝަންގައި ވޯޓުލުމުގެ ހައްޤު 56،002 މީހަކަށް ވޯޓްލުމުގެ ހައްޤުވަނީ ލިބިފައެވެ.
މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީ އިން ޢާއިޝަތު ޢާޒިމާ ޝުކޫރު، އެމްޑީޕީ އިން އާދަމް ޢާޒިމް އަދި ޕީއެންއެފް އިން ހުސެއިން ވަޙީދު، ޑިމޮކްރެޓްސް އިން މުޙައްމަދު ސައިފް ފާތިޙް އަދި އަމިއްލަ ގޮތުން ޝުޢައިބް ޢަލީ އެވެ.






