ޗައިނާއަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ކުރެއްވެވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލައްވައި ރައްޔިތުންނަށް އުފާވެރި ޚަބަރު ތަކެއް ދެއެްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް މުޢިއްޒާއި އެމަނުކުފާނުގެ އަނބިކަނބަލުން އަދި ސަރުކާރުގެ އިސް ބޭފުުޅުން ކުރެއްވެވި ދަތުރުފުޅު ނިންމަވައިލައްވައި މާލެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.
ދަތުރުފުޅުން އެނބުރި ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޑރ މުޢިއްޒުވަނީ ދިވެހިރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވައިފައެވެ.
އެގޮތުން ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އާސަންދައިގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫ.އޭ.އީ.) އަދި ތައިލެންޑުން ވެސް އެ ޚިދުމަތް ލިބޭގޮތަށް ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.






