Close

ރާބިޠަތުލް ޢާލަމިލް އިސްލާމީ އާއި ރައީސް ޑރ މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ތަޞައްވުރު ހިއްސާކުރައްވައިފި!

ރާބިޠަތުލް ޢާލަމިލް އިސްލާމީ އާއި އެކު އިސްލާމީ ވަޒީރު ބޭއްވެވި ބައްދަލުވުން. ފޮޓޯ: އިސްލާމީ ވުޒާރާ

ރާބިޠަތުލް ޢާލަމިލް އިސްލާމީ އާއި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ތަޞައްވުރު އިސްލމީ ކަންކަމާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ހިއްސާކުރައްވައިފިއެވެ.

ވަޒީރު ޑރ ޝަހީމް އެވާހަކަތައް ހިއްސާކުރައްވައިފައިވަނީ މުސްލިމު ވޯލްޑް ލީގް ގެ (ރާބިޠަތުލްޢާލަމިލްއިސްލާމީ) ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުއްރަޙްމާން ބިން ޢަބްދު ﷲ ޒައިދު އާއި ބައްދަލުކުރައްވި ބައްދަލުކުރެއްވުމުގައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް ވަނީ ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، މި ވުޒާރާއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިޢާދަކޮށް، ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކުރުމުގައި ރާބިޠާގެ އިސްލާމީ ފިޤުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވިއެވެ.

ރާބިޠަތުލްޢާލަމިލްއިސްލާމީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުއްރަޙްމާން ބިން ޢަބްދު ﷲ ޒައިދު އަދި ވަޒީރު ޑރ ޝަހީމް ޢަލީ ސަޢީދު. ފޮޓޯ:އިސްލާމީ ވުޒާރާ

މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވިއެވެ.

މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ރާބިޠާގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top