Close

ރާއްޖޭގައި ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް އޯއައިސީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި!

އޯއައިސީއާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އިސްލާމީ ވުޒާރާ

ރާއްޖޭގައި ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އާއި ރާއްޖޭގެ އިސްލާމީ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ހެދިފައިވަނީ އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެވެ.

މި އެއްބަސްވުމުގެ މަޤުޞަދަކީ ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކޮށް ޒަމާނީ ފިޤުހީ މައްސަލަތަކަށް އިލްމީ ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫ އެވެ.

އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމީ ފިޤުހު އެކަޑަމީއަކީ އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގައެވެ. މިދައުރުގައި އެތަނުގެ ވެރިއަކަށް ހުންނެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ނައިބްރައީސް ޕްރޮފެސަރ ޑރ. ޤުޠުބު މުޞްޠަފާ ސާނޫއެވެ. މި ބައްދަލުވުމުގައި ވަޒީރު ޑރ ޝަހީމްވަނީ ޕްރޮފެސަރ ޤުޠުބު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top