Close

މަޖިލިސް އިންތިޚާބަށް އިތުރު 10 ފަރާތަކަށް ޕްރައިމަރީއާއި ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ!

މިއަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ޕްރައިމަރީ އަކާއި ނުލައި އިތުރު 10 ފަރާތަކަށް ކަށަވަރުވެއްޖެއެވެ.

އެމްޑީޕީ އިން މިކަމާއި ގުޅިގެން ބުނެފައިވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި މީގެކުރިން ވެސް ޓިކެޓު ކަށަވަރުވެފައިވެއެވެ.

އޭރު އެމްޑީޕީ އިން ބުނެފައިވަނީ 36 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާކަމަށެވެ. އެއާއެކު މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށްޓަކައި ޕްރައިމެރީއަކާ ނުލާ 46 ކެންޑިޑޭޓަކަށް މިހާރު މިވަނީ ޓިކެޓް ޔަޤީންވެފައެވެ.

އެމްޑީޕީގެ ފަރާތުން ޓިކެޓް ކަށަވަރުވި ކަމަށް މިއަދު އިޢުލާން ކުރެއްވި 10 ބޭފުޅުންނަކީ

ކަނޑިތީމު ދާއިރާ - އަމީން ފައިސަލް

ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ

އަލީ ނިޔާޒް - ކުރެންދޫ ދާއިރާ

ޝާތިރު އަބްދުއްރަހްމާން - ހުރާ ދާއިރާ

ރުގިއްޔާ މުޙައްމަދު - ދަނގެތި ދާއިރާ

މޫސާ ޝިޔާމް ޢަބްދުﷲ ޢަލީ - މުލަކު ދާއިރާ

ޢަބްދުﷲ ޝަރީފް - ގަމު ދާއިރާ

އަޙުމަދު ސައީދު - ގެމަނަފުށި ދާއިރާ

އަޙުމަދު ސައީދު މުޙައްމަދު - ގައްދޫ ދާއިރާ

އިބްރާހީމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ.

އެމްޑީޕީން ވަނީ އެތެރޭގެ ޕްރައިމަރީތައް ބާއްވާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު ޢާންމުކޮށް ޝަކުވާ ހުށައެޅުމާއި ރީ-ރަޖިސްޓްރޭޝަންއަށް މިހާރު ހުޅުވާލައިފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top