ރަމަޟާން މަހަށް ތައްޔާރުވުމަށް ކީރިތި ޤުރުއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއެް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެފިއެެވެ.
އެމަރުކަޒުން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކީރިތި ޤުރުއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް އިސްލާމިކް މިނިސްޓްރީ އާއި ޤުރުއާނާއި ބެހޭ މަރުކަޒާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ބަލައިގެން ކިޔެވުމަށް އަހުލިުވެރިކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖަޢާ ކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
ޤުރުއާނާބެހޭ މަރުކަޒުން ބުނެފައިވަނީ އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު 15 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 24 ޖަނަވަރީ 8 އޭޕްރީލަށް ކަމަށެވެ.
އެ ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ބުނެފައިވެއެވެ.






