ލ އަތޮޅު ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
އެގޮތުން ޖަނަވަރީ 10 ވަނަ ދުވަހު ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލާފައިވަނީ 74 ފުޅި ބަނގުރާ އަދި 45 ދަޅު ބަނގުރާ ކަމަށްެވެސް ފުލުހުން ބުނެއެވެ.
މިތަކެއްޗަކީ 2023 ވަނަ އަހަރުގެ އޮގަސްޓު 13 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 14 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.






