Close

އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކެއް، މިހާރު ގޭގައި ތިބެގެންވެސް މެމޯ ހެއްދޭނެ!

އިއްޔެ އައިޖީއެމްއެޗްގައި ބޭއްވުނު ރަސްމިއްޔާތުގައި ސިއްޚީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް ބައިވެެރިވެވަޑައިގަންވަނީ. ފޮޓޯ: ސިއްޚީ ވުޒާރާ

އިސްރަށްވެހިންނަށް ޚާއްސަ ކްލިނިކެއް އައިޖީއެމްެޗްގައި ހުޅުވައި އެޕޮއިންޓްމެންޓް ހަމަޖެހުމުން ގޭގައި ތިބެގެން މެމޯ ހެއްދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އިއްޔެ އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި އިޚިދްމަތް ތަޢާރަފްކޮށްދެއްވައިފައިވަނޯ ސިއްޚަތަާއި ބެހޭ ވުޒާރަގެ ވަޒީރު ޑރ ޢަބްދުﷲ ޙަލީލެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޙަލީލް ވިދާޅުވީ އެ ކްލިނިކްގެ ޒަރިއްޔާއިން އިސްރަށްވެހިންނަށް ޚާއްސަ ސަމާލުކަމެއް ދީ އެ ފަރާތްތައް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިތުރު އަދި ޚާއްސަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ވައުދަކީވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދީ އެ ޚިދުމަތް ރާއްޖޭގެ އަތޮޅު ތަކަށް ފުޅާ ކުރުން ކަމަށެވެ.

މީގެއިތުރުން ޑރ. ޙަލީލް ވިދާޅުވީ އެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top