Close

ރިސާލާ ޕްރޮގްރާމްގެ ދަށުން 1445ވަނަ އަހަރުގެ ރަމަޟާން މަހަށް ޕްރޮގްރާމް ހެދުމަށް ހުޅުވާލައިފި!

އިސްލާމީ ވުޒާރާގެ ވަޒީރު ޑޜ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރިސާލަތު ޕްރޮގްރަމް އިފްތިތާޙް ކޮ|ށްދެއްވަނީ. ފޮޓޯީ: އިސްލާމީ ވުޒާރާ

އިސްލާމީ ވުޒާރާއިން ހިންގާ ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ޓީވީ ޕްރޮގްރަމްތައް ހެދުމަށް އިސްލާމީ ވުޒާރާއިން ހުޅުވާލައިފިއެވެެ.

އެކަމާއި ގުޅޭގޮތުން އެވުޒާރާއިން ގެޒެޓްކޮށްފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ޤާނޫނު ނަންބަރު 16/2010(ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު) ގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން ޓީވީ ޗެނެލް ހިންގާ ވިޔަފާރިތަކަށް ކަމަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެސް އެ އިޢްލާނުގައި ބުނެފައިވެއެވެ.

މި އިޢުލާނާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމީ ވުޒާރާއިން ބުނެއެވެ.

އަދި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދޭކަމަށްވެސް އިސްލާމީ ވުޒާރާއިން ބުނެއެވެ.

https://forms.office.com/r/e4ctDdLxz9

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top