Close

އެއަރ އެމްބިޔުލާންސް އާއި އެކު ބަލިމީހުން އުފުލުމަށް އަންނަ ލަސްކަން ހައްލުވެގެން ދާނެ: ވަޒީރު ހަލީލް

އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ތަޢާރަފް ކުރެވުމާއި އެކު ބަލިމީހުން އުފުލުމަށް އަންނަ ލަސްކަން ހައްލުވެގެން ދާނެ ކަމަށް ސިއްޚީ ވުޒާރާގެ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.
ޑރ ޙަލީލް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޙާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ޚިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ޙައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ.
އަދި ރައީސް ޑރ މުހައްމަދު މުޢިއްޒުގެ  ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުޢިއްޒު ވަނީ މިކަމަށް ފުރިހަމަ ޙައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ.
"ﷲގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ޚިދުމަށް 1 މާރޗް ގައި ތަޢާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ" ވަޒީރު ޙަލީލް ވިދާޅުވެފައިވެއެވެ.
ވަޒީރު ޙަލީލް މިފަދައިން ޓްވީޓް ކުރައްވައިފައި މިވަނީ ގއ ވިލިނގިލިން ޙާލު ސީރިއަސްވެ އިތުރުފަރުވާ އަށް މާލެ ގެންނަން ޖެހުނު ޢުމުރުން 13 އަހަރުގެ ކުއްޖަކު މާލެ ނުގެނެވި ލަސްވެ އެކުއްޖާ ނިޔާވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް މެދުވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.

ރައީސް ޑރ މުޢިއްޒުގެ އެ އެންގެވުމާއި އެކު މޯލްޑިވިއަންގެ އުޞޫލަށް ބަދަލުގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރުވަނީ ހަމަޖައްސާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

އަދި ހޮސްޕިޓަލަކުން އިމަރޖެންސީ ކޭސް އެއްގެ މަޢުލޫމާތު ލިބުމާއެކުމޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަރޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top