Close

ބުޅާތަކަށް ޚާއްސަ ފެސިލިޓީ އެއް ފަރުކޮޅުފުށީގައި އަޅަނީ!

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުން ބުޅަލެއް. ފޮޓޯ: ދި އެޑިޝަން

މާލޭގެ މަގުތަކުގައި ދޫވެގެން އުޅޭ ބުޅާތަކަށް ޚާއްސަ ޕެޓް ކެއަރ ފެސިލިޓީ އެއް ކ.ފަރުކޮޅުފުށީގައި އެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ އިއްޔެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ރައީސް އޮފީހުގައިނ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގަައި ނާޒިމް ވިދަޅުވީ މާލޭގެ މަގުތައް މަތީގައި ބުޅާތައް ގިނަވެފައި ވުމަކީ މާލޭގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަަމަށެވެ. އެކަންބޮޑުވުން ތަކަށް ހައްލެއް ގެނައުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމާއި ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހެޅުއްވިކަމަށެވެ.

 

"މިނިސްޓްރީ އޮފް އެގްރިކަލްޗަރަލް އެންޑް އެނިމަލް ވެލްފެއާ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކޮށް ކ. ފަރުކޮޅުފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް ގާއިމުކޮށް އެ ތަނަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެ ތަނުގައި ގާއިމު ކުރުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވިއެެވެ.

މާލޭގެ މަގުތަކުގައި ގިނަ ވެފައިވާ ބުޅާތައް މަގުމަތިން ނަގައި އެހެން ތާކަށް ގެންދިޔުމަކީ މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެސް ކުރަން ކަނޑައެޅި މަސައްކަތެކެވެ. ނަމަވެސް އެކަމުގެ ޢަމަލީ މަސައްކަތް ވަނީ ނުފެށިއެވެ.

މާލޭގެ މަގުތައް މަތީގައި އުޅެމުންދާ ބުޅާތަކުގެ ސަބަބުން ގިނަ އުނދަގޫތަކެއް ރައްޔިތުންނަށް އަންނަނީ ފޯރަމުންނެވެ. އެގޮތުން މަގުތަކުގައި ދުވެހަދާ ބުޅާ ތަކުން ސަލާމަތްވެ ދުއްވަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްތައް ހިނގައި ފައިވެސް އެބަހުއްޓެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top