Close

މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ނިޔާވެފައިވާ 200 އަށްވުރެ ގިނަ މީހެއްގެ ނަން!

2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ތެރެއިން. ފޮޓޯ: މިހާރު

20 ވަނަ މަޖިލީހުގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ނިޔާވެފައިވާ 200 މީހެއްގެ ނަން އެބައޮތް ކަމަށްބުނެ 200 ޝަކުވާއެއް އައިސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު އިއްޔެގެ 15:00 އާއި ހަމައަށް ހަމަވެފައިވާއިރު އެލިސްޓަށް 746 ޝަކުވާއެއް ވަނީ ހުށައަޅައިފައިވެއެވެ.

746 ޝަކުވާ ގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ޝަކުވާ އެއް ހުށައެޅިފައިވަނީ ދިރިއުޅޭ ތަން ނުވަތަ އެޑްރެސް ބަދަލުވެގެންްނެވެ. އެގޮތުން ދިރިއުޅޭތަން ބަދަލުވެގެން 450 ޝަކުވާ އެއްވަނީ ހުށައެޅިފައެވެ. އަދި ދެވަނައަށް އެންމެ ގިނަ ޝާކުވާ ހުށައެޅިފައިވަނީ

ނިޔާވެފައިވާ މީހުން ލިސްޓުގައި ހިމެނިފައިވާތީ ކަމަށް އީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮޮތުން 225 ޝަކުވާއެއް ހުށައެޅިފައިވާއިރު ލިސްޓުގައި ނަން ހިމެނިފައި ނެތިގެން 5 ޝަކުވާއެއް ހުށައެޅިފައިވެއެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ 17 މާޗުގަ އެވެ. އެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ޖުމްލަ 284،327 މީހަކަށް ލިބިފައި ވާއިރު އޭގެ ތެރޭގައި 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ހިމެނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top