Close

ޕީއެންސީ/ޕީޕީއެމް ޓިކެޓް ޕްރައިމަރީ އާއި ނުލައި 13 ބޭފުޅަކަށް!

ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 13 ބޭފުޅަކަށް ޕްރައިމަރީ އާއި ނުލައި ޓިކެޓް ލިބިއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަނުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ފަރާތުން ވާދަކުރުމަށް އެދޭ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށްއެދި ހުށަހަޅާފައިވާކަމަށެވެ.

އަދި އެކި ސަބަބުތަކާއެކު ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަށް އަދަދު މަދުވެފައިވާތީ ޕްރައިމަރީއެއް ބޭއްވުމެއްނެތި 13 ފަރާތަކަށް ކޯލިޝަންގެ ޓިކެޓް ދިނުމަށް ނިންމާފައިވާ ކަމަށް އެކޯލިޝަނުން ބުނެފައިވެއެވެ.

ޕީޕީއެމް/ ޕީއެންސީންގެ ޓިކެޓު ކަށަވަރު ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:-

1- ހޯރަފުށީ ދާއިރާ، އަލީ މޫސާ

2- ބާރަށު ދާއިރާ، އިބްރާހިމް ޝުޖާއު

3- ހަނިމާދޫ ދާއިރާ، އިދުރީސް އަބްދުﷲ

4- އޭދަފުށީ ދާއިރާ، އަހްމަދު ސަލީމް

5- މަހިބަދޫ ދާއިރާ އަހްމަދު ތާރިޤު

6- ނިލަންދޫ ދާއިރާ، ފާތިމަތު ސައުދާ

7- ތިމަރަފުށި ދާއިރާ، އިބްރާހިމް ސަނާހް

8- ފޮނަދޫ ދާއިރާ، އަބްދުއްރަހީމް އަަބްދުﷲ

9- ހިތަދޫ މެދު ދާއިރާ، އަހްމަދު އަޒާން މަރުޒޫޤް

10- ހުޅުދޫ ދާއިރާ، މުހައްމަދު ޝާހިދު

11- ގަލޮޅު ދެކުނު ދާއިރާ، އިބްރާހިމް މުހައްމަދު

12- ހެންވޭރު ހުޅަނގު ދާއިރާ، އަލީ އިބްރާހިމް

13- ހުޅުމާލެ މެދު ދާއިރާ، އަބްދުﷲ ޝަޛީމް

ޕީޕީއެމް/ޕީއެންސިގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top