އައްޑޫސިޓީގެ 4 އަވަށަކުން މީހުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުނެގުން މިހަފްތާގައި ބެޭއްވުމަށް ހަމަޖެހިފަިއވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
މި ގޯތިތަައް ދޫކުރުމަށް އިޢްލާނު ކޮށްފައިވާތާ އެއް އަހަރު މިހާރުވަނީ ވެފައެވެ.
އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މިގޮތުން ފުރަތަމަ ފިޔަވަހީގައި ހިތަދޫ އިން 500 ގޯތި، ފޭދޫ އިން 300 ގޯތި އަދި ހުޅުދޫ އާއި މީދޫ އިން ކޮންމެ ރަށަކުން 100 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ބުރުގައި ގޯތި ލިބޭ މީހުންގެ ލިސްޓް އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ޑިސެންބަރު މަހު ވަނީ ޢާންމުޮށްފައެވެ.
އެ ކައުންސިލުން ބުނެފައިވަނީ ގޯތީގެ ގުރުނެގުމާ ގުޅޭ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.
ލިސްޓުގައި ހިމެނޭ ދެން ތިބި ފަރާތްތަކަށް އައްޑޫ ސިޓީން ދެވަނަ ފިޔަވަހީގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރަން ފެށޭނީ އަވަށްތަކަށް އިތުރު ކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭން ހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށާއި އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައި ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.






