Close

މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ބަންދު!

އީސީގެ މެމްބަރުން މީޑިއާ ތަކަށް މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ހަތާވީސް

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުުރުމަށް އިންތިޚާބު ބާއްވާ އާދިއްތަ ދުވަސް ބަންދު ދުވަހެއްެ ގޮތުގައި ހަމަޖައްސާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މަޖިލިސް އިންތިޚާބަށް ލަފާދޭ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީއިން ނިންމާފައިވާ މާރޗް މަހުގެ 17 ވަނަ ދުވަހަކީ އާދީއްތަ ދުވަހަކަށްވުމުން ޤައުމީ ލަފާ ދޭ ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާއި ގުޅިގެން ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށާއި އެ ދުވަސް ބަންދުވާނެ ކަމަށެވެ.

ހަބީބު ވިދާޅުވީ އާދިއްތަ ދުވަހު އިންތިިޚާބު ބޭއްވުމަކީ މަޖިލިހުން އަލަށް ކުރައްވާކަމެއް ނޫންކަމަށާއި 2018 ވަނަ އހަރުގެ ރިޔާސީ އިންތިޚާބުވެސް ބާއްވާފައިވަނީ އާދިއްތަ ދުވަހެއްގައި ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވި ނަމަވެސް އިންތިޚާބު ބާއްވާ ދުވަސް ބަންދުކޮށްދޭން އެދުމުން އެކަން އެގޮތަށް ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ ޤައުމީ ލަފާދޭ ކޮމިޓީގެ އިއްޔެ ބޭއްވުނު ބައްދަލުވުމުގައި ވަނީ މަޖިލިސް އިންތިޚާބު ބާއްވާ ތާރީހު ރަމަޟާން މަހާ ދިމާވާތީ އިންތިޚާބު ކުރިއަށްދާނެ ވަގުތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސިޔާސީ ޕާޓީތަކުންނާއި ގިނަ މުއައްސަސާތަކުން ވެސް އީސީ އަށް ލަފާ ދެއްވީ ވީހާވެސް ގިނަ ވަގުތު ވޯޓުލުމަށް ދިނުމުގެ ގޮތުންނާއި ރައްޔިތުންނަށް ފަސޭހަވާނެހެން ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު ކަނޑައެޅުއްވުމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުން ވަނީ އީސީން ކަނޑައަޅާ ވަގުތަށް ބަދަލު ނުގެނައުމަށް ވެސް ލަފާ އަރުއްވާފައެވެ.

ވަގުތަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެ ކޮމިޓީއާ މަޝްވަރާ ކުރުމަށާއި ސަބަބު ސާފުކޮށް އެންގުމަށްވެސް ކޮމިޓީއިން ލަފާދެއްވިއެވެ. އީސީން ވެސް ވަނީ މިހާރު އެ ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚުތަކާއި ވަގުތުތަކަށް ބަދަލު ނުގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top