Close

އިންޑިޔާގެ ފަތުރުވެރިންގެ ޢަދަދަށްވުރެ ޗައިނާގެ ފަތުރުވެރިންގެ ޢަދަދު ގިނަ!

ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ވިޒިޓް މޯލްޑިުވްސް

މިއަަހަރުގެ މިހާތަނަށް އިންޑިޔާގެ ފަތުރުވެރިންނަށްވުރެ ޗައިނާގެ ފަތުރުވެރިން އައިސްފައިވާ މިންވަރު ގިނަ ކަމަށް ޓުވަރިޒަމް މިނިސްޓްރީ ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓުވަރިޒަމް މިނިސްޓްރީން އާންމު ކުރާ ފަތުރުވެރި ކަމުގެ ޑެއިލީ އަޕްޑޭޓްސް ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމު ކަމުގައިވާ އިންޑިއާ އޮތީ ފަސް ވަނައިގައެވެ.

މި އަހަރު އިންޑިޔާއިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 9,744 ފަތުރުވެރިންނެވެ.

މި އަހަރުފެ ފުރަތަމަ މަސް ނިމުމަކާއި ގާތްވެފައިވާއިރު މި މަހުގެ ތެރޭގައި ޗައިނާ އިން 10,113 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މި އާއި އެކު ޗައިނާ ވެގެން ގޮސްފައި މިވަނީ 4 ވަނަ އަށް ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަށެވެ.

ޖުމްލަ 128,548 ފަތުރުވެރިން މި އަހަރުގެ މިހާހިސާބަށް އައިރު ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 11.6% އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ މިހާ ހިސާބަށް އައިރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 115,187 ފަތުރުވެރިންނެވެ.

އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ގައުމަކީ ރަޝިއާ އެވެ. އެއީ 14,495 ފަތުރުވެރިންނެވެ.

13,965 ފަތުރުވެރިންނާއި އެކު އިޓަލީ ދެވަނައިގައި އޮތް އިރު ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް 10,689 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top