Close

އިސްލާމިކް ޗެރިޓީ ފަންޑުން ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މެޑިކަލް އެނދު ހަދިޔާކޮށްފި!

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެނދު ހަދިޔާކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: އިސްލާމީ ވުޒާރާ

އިސްލާމިކް ޗެރިޓީ ފަންޑުން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒަމާނީ މެޑިކަލް އެނދު ހަދިޔާކޮށްފިއެވެ.

އިސްލާމީ ޗެރިޓީ ފަންޑުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 32 އެނދެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ އެއީ ޖުމްލަ 504،000 ރުފިޔާއެވެ.

އެމަރުކަޒާއި އެނދުތައް ހަވާޅުކޮށްފައިވަނީ މިއަދު އިސްލާމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިހުސާންތެރިވުމަކީ އިސްލާމްދީން ނުހަނު ބާރު އަޅުއްވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއްމެ ބޮޑު އިސްކަމެއް ދެއްވާ ކަންކަމުގެ ތެރޭގައި ނިކަމެތިންނަށް އިހުސާންތެރިކޮށް ހިތުމާއި ފަޤީރުންނަށާއި މިސްކީނުންނަށް އަޅައިލުން ހިމެނޭ ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ޚާއްޞަ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އޯގާެތެރިކޮށް ހިތުމަކީ އިސްލާމީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާޤު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމިކް މިިނިސްޓްރީއަށް ވަރަށް ގިނަ ރައްޔިތުން އެމީހުންގެ ޚައިރާތު ފައިސާ ޙަވާލު ކުރޭ. މިސްކިތްތަކުގެ މަރާމާތަށް، ނުވަތަ ދީނީ ކަމަކަށް އެހީވުމަށް. މިއީ ޒަކާތު ފަންޑުގެ އިތުރުން މިސްކިތްތަކާ ޢާއްމު ހެޔޮ ކަންކަމަށް ޚަރަދުކުރުމަށް ރައްޔިތުން ހަދިޔާކުރާ ޞަދަޤާތް. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މިދެންނެވި ޚައިރާތިުގެ ތެރެއިން” ޑރ ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުން ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާކުރުން ރާއްޖޭގެ ކަންކަމަށް ހޭދަކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ނިކަމެތިންނަށާއި ޤުރުއާން ކުލާސްތަކަށާއި ޤުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކަށާއި ރަށްރަށުގައި ލައިބްރަރީތައް ޤާއިމުކުރުމަށާއި ތައުލީމަށާއި އެހެނިހެންވެސް ހެޔޮ ކަންކަމަށް ޚަރަދު ކުރުމަށް އެދި ލައްވާ ކަމަށާއި މިއިން ކޮންމެ ކަމަކީ ވެސް ހެޔޮ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަނަވަސްކަމުގެ އަހުލުވެރިންނާއި އެންމެހައި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ ޚައިރާތާއި ޞަދަޤާތުގެ ގޮތުގައި ﷲ ގެ މަގުގައި ހޭދަކުރުމަށް ބޭނުންވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އެހީވުމަށް. ތިޔަ ބޭފުޅުންގެ ޞަދަޤާތާއި ޚައިރާތު ހެޔޮ ކަންކަމަށް ވާޞިލްކޮށްދިނުމަށް މިނިސްޓްރީ އިން އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނެ. " ޑރ ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ތެރެއިން ހަރުދަނާ ރަނގަޅު މަސައްކަތް ތަކެއް މި ސަރުކާރު ފެށުނު ފަހުން އަންނަނީ ކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top