Close

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ނިންމައިފި!

އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ދެން

އިދިކޮޅު އެންމެ ބޮޑު ޕާޓީ އާއި ދަ ޑިމޮކްރެޓްސް އާއި ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

އެދެޕާޓީ އިން މިކަން ހާމަކޮށްފައިވަނީ ދެޕާޓީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށެވެ.

އަދި މި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭކަމަށްވެސް ފައްޔާޟް ވަނީ ވިދާޅުވެފައެވެ.

އެހެންވެ ކަންބޮޑުވުންތައް ހުރުމުން މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އިތުރުން، ގައުމުގެ ދިމިގްރާތީ ކުރިމަގު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނައުމަށް އެ ދެ ޕާޓީ ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެެވެ.

ދެ ޕާޓީ މިނިންމުމާއި އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ގާނޫނަށް ގެންނަަޖެހޭ ބަދަލާއި މަޖިލީހުން ނިންމަން ހުރި އެހެން ބައެއް މަސައްކަތްތައް އަވަސްކުރުމަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވެސް ދެ ޕާޓީ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top