Close

ގެއްލިގެން ހޯދަމުންދިޔަ ރާމިޒާ ފެނިއްޖެ!

ގެއްލިގެން ހޯދަމުންދިޔަ މަރިޔަމް ރާމިޒާ. ފޮޓޯ: ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ ރާމިޒާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާމިޒާ ގެއްލިގެން ހޯދަން ފުލުހުން އިޢްލާނު ކޮށްފައިވަނީ އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2024 ޖަނަވަރީ 24 ވަނަ ދުވަހުގެ 20:37 އެހައިކަންހާއިރު ރިޕޯޓުކޮށްގެނެވެ. އެރިޕޯޓާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން މަރްޔަމް ރާމިޒާ އެންމެ ފަހުން އާއިލާއަށް ފެނިފައިވަނީ ޖަނަވަރީ 23 ވަނަ ދުވަހުގެ 21:00 އެހަކަންހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭގެ ފަހުން ފުލުހުން ބުނެފައިވަނީ ދ.މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ) މާލެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top