Close

ފަލަސްޠީނުގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ: ވަޒީރު ޝަހީމް

ފަލަސްޠީނާއި އެޤައުމުގެ ރައްޔިތުންގެ ދިފާޢުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާަގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމުގައި، ފަލަސްޠީނުގެ މައްސަލައިގަ ރާއްޖެއިން ދަމަހައްޓަމުން އެ ގެންދަނީ ޝުކުރު ޙައްޤު، އަދި ދިވެހިން ފަޚުރުވެރިވާ ފަދަ ހަރުދަނާ އުޞޫލުތަކެއް ކަމަށެވެ.

“ފަލަޞްޠީނާއި އެޤައުމުގެ އަޚުންނާ އުޚުތުންގެ ދިފާޢުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ” ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މިފާއިތުވި 2023 އޮކްޓޫބަރ 7ގައި ހަމާސް ޖަމާޢަތުން އިޒްރާއިލްގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް ދިން ހަމަލާއާއި ގުޅިގެން އޭގެ ބަދަލު ހިފުމުގެ ނަމުގައި އިޒްރާއިލުން ދޭން ފެށި ހަމަލާތައް މިއަދާއި ހަމައަައށްވެސް ދަނީ ކުރިއަށެވެ.

ޣައްޒާއަށް ދޭން ފެށި ހަމަލާތަކުން ރައްކާތެރިވުމަށް ރަފާހް އަށް ފަލަސްޠީނުގެ ރައްޔިތުން ވަނީ އެއްވެފައެވެ. އަދި މިހާރު އިޒްރާއިލުން ދަނީ ރަފާހް އަށް ދަނީ އަނިޔާވެރިކަމުގެ ހައްދަފަހަނައަޅައިފައިވާ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދާ ފޭލިގެ ތަކުގައި ދަނީ ހުޅުޖަހަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top