Close

ބޮޑުތަކުރުފާނު މަގުގެ 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށް ނިންމައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތް - ފޮޓޯ: އެމް.ޓީ.ސީ.ސީ

މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގައި މިހާތަނަށް 72 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށްފި އެވެ.

މިދިޔަ މަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ މިހާރު ހުރި އެއްގަމު ތޮށި ނަގައި، އާ އެއްގަމު ތޮއްޓަށް ބޭނުންވާ ޝީޓް ޕައިލް ޖެހުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް ނިމުމުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ އޭޕްރިލް މަހު ހަވާލުކުރި މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގު ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ތާރު އަޅައި ސަބްބޭސް ތައްޔާރުކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ޑްރެއިނޭޖު ސާވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުން ހިމެނެއެވެ.

144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top